Saturday, October 31
ޢަބްދުއްރަޙްމާންގެ ޖަނާޒާ މިއަދު މެންދުރު ނަމާދަށްފަހު

އއ. މާޅޮސްގައި ބޮޑެތި ޒަޚަމްތަކެއް ދިނުމުގެ ސަބަބުން ނިޔާވި އއ. މާޅޮސް، އޯކިޑުމާގެ، ޢަބްދުއްރަޙްމާން އާދަމް (65 އ) ގެ ޖަނާޒާ މިއަދު މެންދުރު ނަމާދަށްފަހު ބޭއްވުމަށް ނިންމައިފިއެވެ.

ޢަބްދުއްރަޙްމާންގެ ޖަނާޒާ އޮންނާނީ މިއަދު މެންދުރު ނަމާދަށްފަހު މާލޭ މައްޗަންގޮޅި އާސަހަރާ މިސްކިތުގައެވެ. ޢަބްދުއްރަޙްމާން ނިޔާވީ މި މަހުގެ 13 ވަނަ ދުވަހު އެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ޕޯސްޓްމޯޓަމް ހެދުމަށްފަހު ޢަބްދުއްރަޙްމާންގެ ހަށިގަނޑު މާލެ ގެނެސް، އިއްޔެ 19:50 ހާއިރު މޯޗަރީއަށް ވަނީ ލައިފައެވެ.

ފުލުހުން މީގެ ކުރިން ބުނީ ޢަބްދުއްރަޙްމާން އާދަމްގެ ހަށިގަނޑުގެ ޕޯސްޓް މޯޓަމް ހެދުމަށް ތަހުގީގު ޓީމުން ނިންމާފައިވަނީ، މަރުގެ ސީދާ ސަބަބުން ދެނެގަތުމަށާއި ތަހުގީގަށް ބޭނުންވާ ހެކި ހޯދުމަށް ކަމުގައެވެ.

އިތުރު ތަހުލީލުތައް ހެދުމަށާއި ޕޯސްޓް މޯޓަމް ހެދުމުގެ އިންތިޒާމްތައް ކުރިއަށް ގެންދިއުމަށް ޢަބްދުއްރަޙްމާންގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ ޖުލައި 13 ވަނަ ދުވަހުއެވެ. ޢަބްދުއްރަޙްމާންގެ ހަށިގަނޑު އިންޑިއާގެ ތިރުވަނަންތަޕޫރަމަށް ފޮނުވީ ޖުލައި 21 ވަނަ ދުވަހުއެވެ.

ޢަބްދުއްރަޙްމާން ނިޔާވެފައިވަނީ މާޅޮސް ގެއެއްގައި ނިދާފައި އޮއްވާ ބަޔަކު އައިސް ބޮޑެތި ޒަޚަމްތަކެއް ދިނުމުގެ ސަބަބުން، ޞިއްޙީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު