Saturday, October 31
އޮޓޮޕްސީއަށްފަހު ޢަބްދުއްރަޙްމާންގެ ހަށިގަނޑު މާލެ ގެނެސްފި

އއ. މާޅޮސްގައި ބޮޑެތި ޒަޚަމްތަކެއް ދިނުމުގެ ސަބަބުން ނިޔާވި އއ. މާޅޮސް، އޯކިޑުމާގެ، ޢަބްދުއްރަޙްމާން އާދަމް (65 އ) ގެ ހަށިގަނޑު އޮޓޮޕްސީއަށް ފަހު މާލެ ގެނެސްފިއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ޢަބްދުއްރަޙްމާންގެ ހަށިގަނޑު މާލެ ގެނެސް، އިއްޔެ 19:50 ހާއިރު މޯޗަރީއަށް ވަނީ ލައިފައެވެ.

ފުލުހުން މީގެ ކުރިން ބުނީ ޢަބްދުއްރަޙްމާން އާދަމްގެ ހަށިގަނޑުގެ ޕޯސްޓް މޯޓަމް ހެދުމަށް ތަހުގީގު ޓީމުން ނިންމާފައިވަނީ، މަރުގެ ސީދާ ސަބަބުން ދެނެގަތުމަށާއި ތަހުގީގަށް ބޭނުންވާ ހެކި ހޯދުމަށް ކަމުގައެވެ.

އިތުރު ތަހުލީލުތައް ހެދުމަށާއި ޕޯސްޓް މޯޓަމް ހެދުމުގެ އިންތިޒާމްތައް ކުރިއަށް ގެންދިއުމަށް ޢަބްދުއްރަޙްމާންގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ ޖުލައި 13 ވަނަ ދުވަހުއެވެ. ޢަބްދުއްރަޙްމާންގެ ހަށިގަނޑު އިންޑިއާގެ ތިރުވަނަންތަޕޫރަމަށް ފޮނުވީ ޖުލައި 21 ވަނަ ދުވަހުއެވެ.

މާޅޮސް ގެއެއްގައި ނިދާފައި އޮތް ޢަބްދުއްރަޙްމާނަށް ބޮޑެތި ޒަޚަމްތަކެއް ދިނުމުގެ ސަބަބުން ޞިއްޙީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ވަނީ ނިޔާވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު