ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުސްސިލާއި ބައްދަލުކުރައްވައިފިއެވެ.
އެމަނިކުފާނު މިކަން އިއުލާންކުރެއްވީ މިހާރު ނ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުުޅުގައި މިރޭވެލިދޫނ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ވެލިދޫ ކައުންސިލާއި މުއައްސަސާތަކުގެ ވެރިންނާއި އެމަނިކުފާނު ބައދަލުކުރެއްވީ އިއްޔެއެވެ.
''ވެލިދޫ ކައުންސިލާއި މުއައްސަސާތަކުގެ ވެރިންނާއި ބައްދަލުކުރެވުމުން އަޅުގަނޑަށް މުޅިރާއްޖޭގެ ހުރިހާ ރަށެއްގެ ހުރިހާ ކައުންސިލްތަކާ ބައްދަލުވެ ނިމުނީ. ރަށްރަށަށް ގޮސް މިބައްދަލުކުރަނީ، އަޅުގަނޑު ގާތަށް މާލެއަށް ނުގެންނަން ކައުންސިލްތައް'' ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންވަނީ ރައްޔިތުންގާތަށް ގޮސް ރައްޔިތުންގެ ކަންކަމާއި މަޝްވަރާކުރެއްވުމަށް ކަމަށެވެ.
މި ލިޔުން ކިޔާލުމުން