އާދިއްތަ, November 15
ރައީސް، ވެލިދޫ ކައުންސިލާއި އ.ތ.މ ކޮމިޓީއާ ބައްދަލުކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ވެލިދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުން ވަނީ، ރަށްގިރުމުގެ މައްސަލައާއި ރަށު ރައްޔިތުން ޕިކްނިކް ދިއުންފަދަ ބޭނުންތަކަށް ފަޅުރަށެއް ހަމަޖެއްސުމާއި އެންމެ ފުޓްބޯޅަ ދަނޑެއް އޮތުމުން ތަފާތު އެކި ކުޅިވަރުތައް ކުޅުމަށް ހުރި ދަތިތައް ހިއްސާކުރައްވާފައެވެ.

މީގެ އިތުރުން ރަށުގެ މަގު ހެދުމުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް ކައުންސިލް މެންބަރުން ވަނީ އެދިވަޑައިގެންފައެވެ. ކަރަންޓުގެ މައްސަލައާއި އަލަށް އާބާދުވާ ސަރަހައްދުތަކަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ނުލިބި ހުރުމުން ދިމާވާ ދަތިތައް ހައްލުކުރުމުގެ މުހިންމުކަން އެބޭފުޅުން ފާހަގަކުރެއްވިއެވެ.

އަދި، ވެލިދޫ ސްކޫލުގައި ޖާގައިގެ ދަތިކަން ހުރުމުގެ ސަބަބުން ދަރިވަރުންނަށް ކުރިމަތިވަމުންދާ ދަތިތަކާމެދު މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލުން ފާހާގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދަޢުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު