Saturday, October 31
އޮޅުހިޔާއަށް އިތުރު ބުޅާތަކެއް ގެންދަނީ

މާލެ އަދި ހުޅުމާލޭގެ މަގުމަތީގައި ވީއްލިގެން އުޅޭ ބުޅާތަކަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމަށްޓަކައި ހުޅުމާލޭ ފޭސް 2 ގައި ޤާއިމުކޮށްފައިވާ އޮޅުހިޔާއަށް އިތުރަށް ބުޅާ ވެއްދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމުގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން މިއަދު ބުނީ މިހާރަކަށް އައިސް މާލޭގެ މަގުމަތީގައި ވީއްލިގެން އުޅެ ބުޅާތަކަށް ބައެއް ފަރާތްތަކުން ގޯނާކޮށް، ހާނީއްކަކުރުމުގެ އިތުރުން ބުޅާތައް މަރާކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށެވެ.

އެ ވުޒާރާއިން ވަނީ މިއީ ޖަނަވާރުގެ ދުޅަހެޔޮކަމުގެ މިންގަނޑުތަކާ ޚިލާފު ޢަމަލަކަށްވާތީ މިކަން ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

އޮޅުހިޔާއަށް ގެންދިޔަ ބުޅަލުގެ އަދަދެއް އެ ވުޒާރާއިން ހާމަކޮށްފައެއް ނުވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު