އާދިއްތަ, November 15
ކޮލަމާފުށީގައި އާރުޑީސީން ކުރިއަށްގެންދިއުމަށް ނިންމާފައިވާ މަޝްރޫޢުތަކާ ބެހޭގޮތުން މަޝްވަރާކޮށްފި
ގއ. ކޮލަމާފުށީ ކައުންސިލުގެ މެންބަރުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު ނަބީޙް ޢަފީފާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި އާރުޑީސީގެ ޑީއެމްޑީގެ އިތުރުން އެ ކޯޕަރޭޝަންގެ އެހެނިހެން އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އާރުޑީސީން ހާމަކޮށްފައިވާ ގޮތުގައި މި ބައްދަލުވުމުގައި އެ ކޯޕަރޭޝަނުން ކޮލަމާފުށީގައި ކުރިއަށް ގެންދާ މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ. އާރުޑީސީން ކޮލަމާފުށީގައި ހިންގާ އެންމެ ބޮޑު އެއް މަޝްރޫޢަކީ އެ ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢެކެވެ. 85.3 މިލިއަން ރުފިޔާއަށް އެ ކުންފުންޏާ ހަވާލުކޮށްފައިވާ މި މަޝްރޫޢުގެ 74 އިންސައްތައަށް ވުރެ ބޮޑު ބައި މިހާރު ވަނީ ނިމިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު