އާދިއްތަ, November 15
ރައީސް، މަގޫދޫ ކައުންސިލާއި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މަގޫދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.

ނ. މަގޫދޫ ސްކޫލުގައި މިއަދު ބޭއްވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުން ވަނީ، ރަށްގިރުމުގެ މައްސަލަ ދިމާވެފައިވާތީ އެކަން ހައްލުކޮށްދެއްވުމަށާއި ފެނާއި ނަރުދަމާގެ އަދި ޞިއްޙީ މަރުކަޒުގެ މަސައްކަތްތައް އަވަސްކޮށްދެއްވުމަށާއި ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

މީގެއިތުރުން މޫދަށް އެރޭނެ ސަރަހައްދަކާއި ރަށުގެ ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ ފުޓްބޯޅަ ދަނޑެއް ބޭނުންވާކަން އެ ބޭފުޅުން ހާމަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލުން ފާހާގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދަޢުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު