އާދިއްތަ, November 15
ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބައިވެރިވުމަކީ ލިބޭ ޝަރަފެއް: މޯދީ
ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބައިވެރިވެވަޑައިގެންނެވުމަކީ ލިބިވަޑައިގަންނަވާ ފަޚުރެއް ކަމުގައި އިންޑިއާގެ ބޮޑުވަޒީރު، ނަރޭންދްރަ މޯދީ ވިދާޅުވެއްޖެއެވެ. މޯދީ މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މިގޮތުން މޯދީ ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް ޖުލައި 25 ވަނަ ދުވަހު ދިވެހިރާއްޖެއަށް ވަޑައިގަންނަވާނެ ކަމަށެވެ. މިއީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ 60 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވައި މޯދީ ވިދާޅުވީ މި ދަތުރުފުޅުގައި ރައީސް ޑރ. މުޢިއްޒާއެކު ބާއްވާ މަޝްވަރާތަކުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރު ދާއިރާތަކުގައި ހަރުދަނާވެގެންދާނެ ކަމަށެވެ. މި ދަތުރު ވެގެންދާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މޯދީ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅަށެވެ. މިދިޔަ އަހަރު ރައީސް ޑރ. މުޢިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައާއި، މިދިޔަ ހަފުތާގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލްވެސް ވަނީ އިންޑިއާއަށް ވަޑައިގެން އެ ޤައުމުގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަތުމަށް ދައުވަތު ދެއްވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު