Friday, November 6
ފޮއްދޫ ބަނދަރު ހެދުން އިފްތިތާޙްކޮށް ޞިއްހީ މަރުކަޒުގެ ބިންގާ އަޅައިފި

ފޮއްދޫ ބަދަރުހެދުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ.
މި މަސައްކަތް ރަސްމީކޮށް ފެށީ މިއަދު ހެނދުނު ފޮއްދޫގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާ ސްޓްރަކްޗަރ ޑރ. އަބުދުﷲ މުއްތަލިބުއެވެ.
މިއަދު ހެނދުނު ނ. ފޮއްދޫ ހެލްތު ސެންޓަރުގެ ބިންގާ ވެސް ވަނީ އަޅާފައެވެ.

ފޮއްދޫ ޞިއްހީ މަރުކަޒުގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ފޮއްދޫގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައެވެ.

ހޮސްޕިޓަލުގެ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމާއި، އެމްޓީސީސީގެ ސީއީއޯ އަހުމަދު ސައުދީއެވެ.

ފޮއްދޫ ހޮސްޕިޓަލް އިމާރާތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާއެވެ.

ފޮއްދޫގައި ތަރައްޤީ ކުރަނީ 16 އެނދުގެ ހޮސްޕިޓަލެކެވެ. މިމަޝްރޫޢަކީ ސަރުކާރުން 26.8 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މިމަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 360 ދުވަސް ތެރޭ ނިންމާ ގޮތަށެވެ.

މީގެ އިތުރުން މިއަދު ފޮއްދޫގައި ފޮއްދޫގައި އިމާރާތްކުރާ ޕޮލިސް ޕޯސްޓްގެ ބިންގާއަޅުއްވައި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ ވެސް މިއަދު ވަނީ އަޅުއްވާފައެވެ.


މި ރަސްމިއްޔާތުގައި ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ބައިވެރިވަޑައިގެންނެވިއެވެ.
މިއަދު ފޮއްދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސުލްޖުމުހޫރިއްޔާ ވިދާޅުވީ ފޮއްދޫ ބަނދަރު ހެދުމުން ރައްޔިތުންނާއި ރަށުގެ އިޤްތިސާދަށް ކުރިއެރުންތަކެއް އަންނާނެކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު