Saturday, October 31
މާލޭގެ މަގުތައް މަރާމާތު ކުރުމަށް ބޭނުންވާ ގައު ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަނީ

މާލެ ސިޓީގެ މަގުތައް މަރާމާތު ކުރުމަށް ބޭނުންވާ ގައު ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން ކުރި އިޢުލާނުގައި ވަނީ ކައުންސިލަށް ގައު ސަޕްލައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން، އަންނަ އޮގަސްޓު މަހުގެ 4 ވަނަ ދުވަހު ސިޓީ ކައުންސިލްގެ އިދާރާ، ބޮޑުތަކުރުފާނު މަގުގައި ހުންނަ އޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުމަށް އެދިފައެވެ. އަދި އަންދާސީ ހިސާބު ހުށަހަޅަން ވާނީ، ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައި، ހުށަހެޅި ފަރާތުގެ ނަމާއި، ޢިއުލާން ނަންބަރު އެނގޭހެން ބަޔާން ކުރުމަށްފަހު ކަމަށްވެސް ސިޓީ ކައުންސިލުން ބުންޏެވެ.

މި ކަމާ ގުޅޭ އިތުރު މައުލުމާތު ބޭނުންވާނަމަ، ޖުލައި 31 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ކައުންސިލަށް މެއިލް ކޮށްގެން މަޢުލޫމާތު ސާފުކުރެވެނެއެވެ.

މާލޭގެ މަގުތަކުގެ އާބާތުރަ ފިލުވައި ރީތިކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ދަނީ މިހާރު ވެސް ކުރަމުންނެވެ. މި މަސައްކަތްތަކަށް ބޭނުންވާ ގައު ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް މިހާރު ހުޅުވާލާފައިވަނީ، މަގުތައް މަރާމާތުކުރުމުގެ މަސައްކަތްތައް އިތުރަށް ހަލުވިކޮށް، މެދުނުކެނޑި ކުރިއަށްގެންދިއުމުގެ ގޮތުން ކަމަށް ކައުންސިލުން ބުނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު