އާދިއްތަ, November 15
ކަރަންޓު ކެނޑުމުގެ ސަބަބުން ޕީއެސްއެމްގެ ޓީވީ ޗެނަލްތަކުގެ ޓްރާންސްމިޝަން މެދުކެނޑިއްޖެ
ކަރަންޓު ކެނޑުމުގެ ސަބަބުން ދައުލަތުގެ މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ ޓީވީ ޗެނަލްތަކުގެ ޓްރާންސްމިޝަން މެދުކެނޑިއްޖެއެވެ. ޕީއެސްއެމް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ޕީއެސްއެމް ހުންނަ ސަރަހައްދު ހިމެނޭހެން މާލޭގެ ބޮޑުބަޔަކަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާތީ ޕީއެސްއެމްގެ ޓީވީ ޗެނަލްތަކުގެ ޓްރާންސްމިޝަން މެދުކެނޑިފައިވާ ކަމަށެވެ. އަދި ޕީއެސްއެމް އިން ވަނީ މިހާލަތުގައި ދިމާވެދާނެ ދަތިތަކަށް ބެލުންތެރިންގެ އަރިހުން މަޢާފަށް އެދިފައެވެ. ޕީއެސްއެމް އިން ބުނީ ކަރަންޓުގެ ޚިދުމަތް ލިބުނުހައި އަވަހަކަށް، ޓްރާންސްމިޝަން އަލުން ފެށޭނެ ކަމަށެވެ. މާލެއިން ކަރަންޓު ކެނޑުނު މައްސަލައިގެ އަދާހަމަ ބަޔާންކޮށް އެކްސްގައި ކުރި ޕޯސްޓެއްގައި ސްޓެލްކޯއިން ބުނީ މިވަގުތު ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ މާލެއާއި ހުޅުމާލޭގެ ސަރަހައްދުތަކަށް މިހާރު ދަނީ އަލުން ކަރަންޓު ދެމުން ކަމަށެވެ. ސްޓެލްކޯއިން ބުނީ މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށާއި، މައްސަލަ ދެނަގަނެ، ހައްލު ކުރުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ. އެ ކުންފުނިން ވަނީ ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް މަޢާފަށް އެދިފައެވެ. މިދިޔަ ޖޫން މަހުގެ 1 ވަނަ ދުވަހުވެސް މުޅި ގްރޭޓަރ މާލެ ސަރަހައްދުން ވަނީ ކަރަންޓު ކެނޑިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު