Friday, November 6
ވިޔަފާރިތަކަށް ދޫކުރާ ޑޮލަރުގެ އަދަދު 10 އިންސައްތަ ބޮޑުކޮށްފި

ކަޅު ބާޒާރުގައި ބޮޑު އަގުގައި ޑޮލަރު ގަންނަންޖެހުމުގެ ސަބަބުން ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުމަށް މަރުކަޒީ ބޭންކުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ވިޔަފާރިތަކަށް ދޫކުރުމަށް ބޭންކުތަކަަށް އެމްއެމްއޭއިން ކޮންމެ މަހަކު ދޭ ޑޮލަރުގެ އަދަދު 10 އިންސައްތައިން އިތުރުކުރުމަށް މަރުކަޒީ ބޭންކުން ނިންމައިފިއެވެ.

މިއަދު އެމްއެމްއޭއިން މީޑިޔާއަށް މައުލޫމާތު ދިން ގޮތުގައި އިމްޕޯޓަށް ބޭނުންވާ ޓީޓީތަކާއި އެލްސީ ޕޭމެންޓުތައް ހެދުމަށާއި ވިޔަފާރީގެ އެހެނިހެން ކަންކަން ކުރުމަށް ބޭންކުތަކަށް އެމްއެމްއޭއިން ދޫކުރާ ޑޮލަރުގެ އަދަދު 10 އިންސައްތައަށް އިތުރުކުރަން ނިންމުމާ ގުޅިގެން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭންކުތަކުން ދޭ އެހީ 30 އިންސައްތައިން 40 އިންސައްތައަށް އިތުރުކުރުމަށް މަގުފަހިވާނެއެވެ.

އެމްއެމްއޭއިން ބުނެފައިވާ ގޮތުން އެ އިދާރާގެ އަމާޒަކީ މަރުކަޒީ ބޭންކުން ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ އެހީ އިތުރުކޮށް ކުރިއަށް އޮތް ތަނުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭންކުތަކުން ދޭ ޑޮލަރުގެ އެހީ 50 އިންސައްތައަށް މަތިކުރުމެވެ.

އިތުރަށް މަރުކަޒީ ބޭންކުން ބުނެފައިވަނީ ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން، ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުން ބޭންކުތަކަށް މާރުކުރާ ޑޮލަރުގެ ތެރެއިން އެމްއެމްއޭއަށް ވިއްކަންޖެހޭ ޑޮލަރު 90 އިންސައްތައަށް އިތުރުކުރުމަށްފަހު، އިތުރުކުރި 30 އިންސައްތަ އަނބުރާ ބޭންކުތަކަށް ކޮންމެ ހަފުތާއަކު ވިއްކަމުން އަންނަ ކަމަށެވެ.

އެ ބަދަލުގެ ސަބަބުން މިހާރަށްވުރެ ހަރުދަނާކޮށް އަދި އިކުއިޓަބަލް ގޮތެއްގައި ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ބޭންކުތަކުން ހަމަޖައްސައިދެވޭނެ ކަމުގައި އެމްއެމްއޭއިން ބުނެފައިވެއެވެ.

އަދި އެމްއެމްއޭއިން ބޭންކުތަކަށް ވިއްކަމުންދާ 30 އިންސައްތަ ޑޮލަރު ބޭނުންކުރަމުންދަނީ ޢާއްމުންގެ އެކި ޒަރޫރީ ބޭނުންތަކަށާއި ކާބޯތަކެތި އެތެރެކުރުން ފަދަ ކަންކަމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު