މިގޮތުން ރައީސް ވިދާޅުވީ ރާއްޖެއާއި ރާއްޖޭން ބޭރުން މަތީ ތަޢުލީމު ހާސިލުކުރުމަށް ދޫކުރާ ލޯނު ސްކީމަށް މިއަހަރު ކުރިމަތިލާ ޝަރުތު ހަމަވެފައިވާ ހުރިހާ ދަރިވަރުންނަށް ލޯނު ދޫކުރުމަށް ކަމާބެހޭ މިނިސްޓްރީތަކަށް ދަންނަވާފައިވާ ކަމަށެވެ. މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވަނީ މި އަހަރު ސްޓޫޑަންޓް ލޯނަށް ކުރިމަތިލި ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވެ ލޯނަށް ހޮވިފައިވާ ދަރިވަރުންގެ ލިސްޓު ޝާއިޢުކޮށްފައެވެ. މި އަހަރު ސްޓޫޑަންޓް ލޯނަށް ހުޅުވާލީ މާރިޗު 29 ވަނަ ދުވަހު އެވެ. އަދި ލޯނަށް އެދުމުގެ މުއްދަތު ހަމަވެފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުއެވެ. ސަރުކާރުން މި އަހަރު ހުޅުވާލީ ސްޓޫޑަންޓް ލޯނުގެ 500 ފުރުޞަތެވެ. މި އަހަރުގެ ސްޓޫޑަންޓް ލޯނަށް ޖުމުލަ 1،338 ދަރިވަރުން ކުރިމަތިލާފައިވާއިރު، މީގެ ތެރެއިން ޝަރުތު ހަމަވަނީ 806 ދަރިވަރުންނެވެ.ރާއްޖެއާއި ރާއްޖޭން ބޭރުން މަތީ ތަޢުލީމު ހާސިލުކުރުމަށް ދޫކުރާ ލޯނު ސްކީމަށް މިއަހަރު ކުރިމަތިލާ ޝަރުތު ހަމަވެފައިވާ ހުރިހާ ދަރިވަރުންނަށް (806 ދަރިވަރުން) ލޯނު ދޫކުރުމަށް ކަމާބެހޭ މިނިސްޓްރީތަކަށް ވާނީ ދަންނަވާފައި.
— Dr Mohamed Muizzu (@MMuizzu) July 22, 2025

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީތަޢުލީމާއި ތަމްރީނު ހޯދުމަށް ސަރުކާރުން ދޫކުރާ ސްޓޫޑަންޓް ލޯނަށް ޝަރުތު ހަމަވި ހުރިހާ ދަރިވަރުންނަށް ލޯނު ދޫކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ.
މިކަން އިޢުލާންކުރައްވާފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މި ލިޔުން ކިޔާލުމުން





