Friday, November 6
ގެއްލިގެން ހޯދާ ޔާމީން ބުރިޖުން ފުންމާލި މަންޒަރު ސީސީޓީވީން ފެނުނު: ފުލުހުން

ގެއްލިގެން ހޯދަމުން އަންނަތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސްވެފައިވާ ގ. ގާނެޓް، ޙަސަން ޔާމީން މިދިޔަ ހަފުތާގެ އާދިއްތަ ދުވަހުގެ ދަންވަރު ސިނަމާލެ ބުރިޖުން ފުންމާލި މަންޒަރު ސީސީޓީވީ ފުޓެޖުން ފެނިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

އޭނާ ހޯދުމުގެ މަސައްކަތް، އެ މައްސަލައިގެ ތަހުގީގަށް ލިބުނު މައުލޫމާތާ ގުޅިގެން މެރިން ޕޮލިހާއި ކޯސްޓްގާޑުން ގުޅިގެން ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ޔާމީންގެ އާއިލާއަށް ޚަބަރެއް ނުވެ ގެއްލިފައިވަނީ މިމަހުގެ 11 ވަނަ ދުވަހުގެ 21:25 ހާއިރު މާލޭގައި އޭނާ ދިރިއުޅޭ ގެއިން ނުކުމެގެން ދިޔަ ފަހުންނެވެ. އެ މައްސަލަ ފުލުހަށް ރިޕޯޓުކުރީ މިމަހުގެ 14ވީ، މިދިޔަ ހަފުތާގެ ހޯމަ ދުވަހުއެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ 30 އަހަރުގެ ޔާމީން ހޯދުމުގެ ތަހުގީގުގެ ތެރެއިން ގިނަ އަދަދެއްގެ ސީސީޓީވީ ފުޓެޖް ދިރާސާކޮށްފައިވާ ކަމަށެވެ. އެގޮތުން މިދިޔަ ހަފުތާގެ އާދިއްތައިގެ ފަތިހު 3:24 އެހާކަންހާއިރު އޭނާ ސިނަމާލެ ބުރިޖުން މޫދަށް ފުންމާލާ މަންޒަރު ސީސީޓީވީ ފުޓެޖުން ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މުއައްސަސާއިން ބުނީ އެ މައުލޫމާތު އާއިލާއާ ހިއްސާކޮށް، އާއިލާއާ ވާރަށް ގާތުން ތަހުގީގު ޓީމުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ ބަޔާނުގައިވަނީ މައްސަލައާ ގުޅޭ ގޮތުން، ސައްހަކަން ކަށަވަރު ނުކުރެވޭ މައުލޫމާތު ފެތުރުމުން އެއްކިބާވުމަށް އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު