ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީތަޢުލީމާއި ތަމްރީނު ހޯދުމަށް ސަރުކާރުން ދޫކުރާ ސްޓޫޑަންޓް ލޯނު މި އަހަރު ލިބޭ ދަރިވަރުންގެ ލިސްޓް އާންމުކޮށްފިއެވެ.
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ ނަތީޖާއާއި ގުޅޭގޮތުން ޝަކުވާއެއް ހުށަހަޅަން ބޭނުންވާނަމަ 3 އޮގަސްޓް 2025 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން އެ ވުޒާރާއަށް އީމެއިލް ކުރުމަށް އެދިފައެވެ.
މި އަހަރު ސްޓޫޑަންޓް ލޯނަށް ހުޅުވާލީ މާރިޗު 29 ވަނަ ދުވަހު އެވެ. އަދި ލޯނަށް އެދުމުގެ މުއްދަތު ހަމަވެފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުއެވެ. ސަރުކާރުން މި އަހަރު ހުޅުވާލީ ސްޓޫޑަންޓް ލޯނުގެ 500 ފުރުޞަތެވެ.
މި އަހަރުގެ ސްޓޫޑަންޓް ލޯނަށް ޖުމުލަ 1،338 ދަރިވަރުން ކުރިމަތިލާފައިވާއިރު، މީގެ ތެރެއިން ޝަރުތު ހަމަވަނީ 806 ދަރިވަރުންނެވެ. މި ދަރިވަރުންގެ ތެރެއިން ލޯނަށް ހޮވިފައިވާ ފަރާތްތަކުގެ ވަގުތީ ލިސްޓް އެ ވުޒާރާގެ ވެބްސައިޓުގައި ވަނީ ޝާއިޢުކޮށްފައެވެ.
މި ލިޔުން ކިޔާލުމުން