އާދިއްތަ, November 15
ރައީސް މާޅެންދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީއާ ބައްދަލުކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މާޅެންދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި، ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އެ ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމާއި ޓްރފް ދަނޑުގެ ވަށާފާރު ރޭނުމުގެ މުހިންމުކަން ހިމެނެއެވެ. އަދި ސްކޫލުގެ އިމާރާތް ވީހާވެސް އަވަހަކަށް ނިމި ސްކޫލުގެ ކިޔެވުން އެއް ދަންފަޅިއަށް ބަދަލުކުރުމަށް އުންމީދު ކުރައްވާކަން މެންބަރުންގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އެ ރަށުގައި ޞިއްޙީ ޚިދުމަތް ފުޅާކުރުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމަށް ހުރި ގޮންޖެހުންތައް އެ ބޭފުޅުން ހިއްސާކުރެއްވިއެވެ. ކައުންސިލުން ވަނީ ބިމުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށާއި މާޅެންދޫގެ އިހުތިސޯސްގައި ތޮޅެންދޫ ހިމަނައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލުން ފާހާގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު