Saturday, October 31
އޮޓޮޕްސީ ހެދުމަށް ޢަބްދުއްރަޙްމާންގެ ހަށިގަނޑު އިންޑިއާއަށް ފޮނުވައިފި

އއ. މާޅޮސްގައި އުމުރުން ދުވަސްވީ މީހަކަށް ބޮޑެތި ޒަޚަމްތަކެއް ދިނުމުގެ ސަބަބުން ނިޔާވި މައްސަލައާ ގުޅިގެން އޮޓޮޕްސީ ހެދުމަށް އެ މީހާގެ ހަށިގަނޑު އިންޑިއާގެ ތިރުވަނަންތަޕޫރަމަށް މިއަދު ފޮނުވައިފިއެވެ.

މި ހާދިސާގައި ނިޔާވެފައިވަނީ އއ. މާޅޮސް، އޯކިޑުމާގެ، ޢަބްދުއްރަޙްމާން އާދަމް (65 އ) އެވެ.

ފުލުހުން މީގެ ކުރިން ބުނީ ޢަބްދުއްރަޙްމާން އާދަމްގެ ހަށިގަނޑުގެ ޕޯސްޓް މޯޓަމް ހެދުމަށް ތަހުގީގު ޓީމުން ނިންމާފައިވަނީ، މަރުގެ ސީދާ ސަބަބުން ދެނެގަތުމަށާއި ތަހުގީގަށް ބޭނުންވާ ހެކި ހޯދުމަށް ކަމުގައެވެ. އިތުރު ތަހުލީލުތައް ހެދުމަށާއި ޕޯސްޓް މޯޓަމް ހެދުމުގެ އިންތިޒާމްތައް ކުރިއަށް ގެންދިއުމަށް ޢަބްދުއްރަޙްމާންގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ ޖުލައި 13 ވަނަ ދުވަހުއެވެ.

މާޅޮސް ގެއެއްގައި ނިދާފައި އޮތް ޢަބްދުއްރަޙްމާނަށް ބޮޑެތި ޒަޚަމްތަކެއް ދިނުމުގެ ސަބަބުން ޞިއްޙީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް އާދީއްތަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ވަނީ ނިޔާވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު