އާދިއްތަ, November 15
ކްރިޕްޓޯއާ ގުޅުންހުރި މައްސަލަތައް ތަހުގީގުކުރާ ފަރާތްތަކަށް ތަމްރީނެއް ހިންގައިފި

ކްރިޕްޓޯއާ ގުޅުންހުރި މައްސަލަތައް ތަހުގީގުކުރާ ފަރާތްތަކަށް ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި ޖުލައި މަހުގެ 20 އިން 21 އަށް މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ އިންޓަރޕޯލްގެ ފަރާތުން ރާއްޖެ ވަޑައިގެން އުޅުއްވާ އިންޓަރޕޯލް ފައިނޭންޝަލް ކްރައިމް އެންޑް އެންޓި ކޮރަޕްޝަން ސެންޓަރުގެ އޮޕަރޭޝަނަލް ސަޕޯޓް ޓީމްގެ ފަރާތުންނެވެ.

މި ތަމްރީނުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ކަމާބެހޭ ބަހާތަކުގެ އިތުރުން، ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހާއި، އެންޓި-ކޮރަޕްޝަން ކޮމިޝަން އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްގެ މުވައްޒަފުން ހިމެނޭހެން ޖުމުލަ 28 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.

ފުލުހުން ބުނީ މި ތަމްރީނުގައި، ބްލޮކްޗެއިންގެ މައިގަނޑު އަސާސްތަކާއި، ބިޓްކޮއިން އަދި އެތީރިއަމް މެދުވެރިކޮށް އާންމުކޮށް ކުށްތައް ހިންގާ ގޮތާއި، ކްރިޕްޓޯގެ ސަބަބުން ތަހުގީގުތަކަށް ދިމާވާ މައިގަނޑު ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ތަހުގީގުތަށް ބައްޓަން ކުރަންވީ ގޮތް އުނގަންނައިދީފައިވާ ކަމަށެވެ.

މި ތަމްރީނުގައި މައުލޫމާތު ދެއްވީ އިންޓަރޕޯލްގެ ފައިނޭންޝަލް ކްރައިމް އެންޑް އެންޓި ކޮރަޕްޝަން ސެންޓަރުގެ ފަރާތުން ކްރިޕްޓޯ ކަރަންސީއާ ބެހޭ މާހިރުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު