Saturday, October 31
މާފަރު ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް ފެނަކައާ ހަވާލުކޮށްފި

ނ. މާފަރު ޞިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްފިއެވެ.

މިކަމަށްޓަކައި މިރޭ ޞިއްޙީ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާޢިލް ޢަބްދުﷲ އެވެ. އަދި މިއެއްބަސްވުމުގައި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު ޢާރިފެވެ.

ޞިއްޙީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި 450 ދުވަހުގެ ތެރޭގައި ނިންމުމަށް ޙަވާލުކުރި މި މަޝްރޫޢުގެ އަގަކީ 10،900،000.93 ރުފިޔާއެވެ.

މި މަޝްރޫޢުގެ ދަށުން މާފަރު ޞިއްޙީ މަރުކަޒު ގައި 04 އެނދުގެ ވާޑެއް އިތުރުކުރެވި، ޕްރައިވެޓް ރޫމަކާއި، ނާސް ސްޓޭޝަން، މީޓިންގ ހޯލް، ޕަބްލިކް ހެލްތު ޔުނިޓްގެ އިތުރުން ޕޯޓިކޯ ޤާއިމްކުރެވިގެންދާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު