Saturday, October 31
މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް އިތުރު ގްލޯބަލް ދެ ޕަމްޕު ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަނީ

މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ބޭނުންވާ ގްލޯބަލް ދެ ޕަމްޕު ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން ކުރި އިޢުލާނުގައިވާ ގޮތުން މި ބީލަމާ ގުޅިގެން މަޢުލޫމާތު ސާފު ކުރުން އޮންނާނީ ޖުލައި 20 ވަނަ ދުވަހުގެ 10:00 ގައި މާލެ ސިޓީ ކައުންސިލްގެ އިދާރާ ބޮޑުތަކުރުފާނު މަގުގައި ހުންނަ އޮފީހުގައެވެ. މި ކަމާގުޅޭ އަގު ހުށެހެޅުން އޮންނާނީ، ޖުލައި މަހުގެ 31 ވަނަ ދުވަހު 9:00 ގައި މާލެ ސިޓީ ކައުންސިލް އިދާރާ ބޮޑުތަކުރުފާނު މަގުގައި ހުންނަ އޮފީހުގައެވެ.

މައުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅުއްވަން ހާޟިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ކަމަށާއި، އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ، ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމެންޓް، އަދި ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ކަމުގައި ކައުންސިލުން ވަނީ ބުނެފައެވެ.

މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލު ކުރުމަށް މާލެ ސިޓީ ކައުންސިލުން ކުރަމުންގެންދާ މަސައްކަތް ތަކުގެ ތެރެއިން މި އަހަރުގެ ކުރީ ކޮޅު ވެސް، ކައުންސިލުން ވަނީ ދަ ގްލޯބަލް ޕަމްޕް 6ޖީއެސްޓީ ސީ މޫވްމަންގެ ނަމުން ނަން ދެވިފައިވާ ދެ ޕަމްޕު ގެނެސްފައެވެ. އަދި ކައުންސިލްގެ އެދުމުގެ މަތިން އެ ދެ ޕަމްޕު މިހާރު ބަލަހައްޓަމުން އަންނަނީ ދިފާޢީ ވުޒާރާއިންނެވެ.

ކައުންސިލުން ދިފާޢީ ވުޒާރާއާ ހަވާލުކުރި އެ 2 ޕަންޕަކީ ވެސް، ފެން ގަނގު ތެރޭގައި ހުންނަ ތިން އިންޗި ފުޅާމިނުގެ ސޮލިޑް ހޮޅިތެރެއިން ބޭރު ކޮށްލެވޭ ޕަމްޕެކެވެ. އަދި އެޕަމްފުން މިނެޓަކު 11356.24 ލީޓަރުގެ ފެން ބޭރު ކުރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު