އާދިއްތަ, November 15
ޚާރިޖީ ވަޒީރު ކޮލޮމްބިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ޚާރިޖީ ވަޒީރު، ޑރ. ޢަބްދުﷲ ޚަލީލް، ކޮލޮމްބިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، ރޯސަ ޔޮލާންޑަ ވިލަވިސެންސިއޯ އަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.

‏‎ވަޒީރުގެ މެސެޖުގައި ވަނީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އެމަނިކުފާނުގެ އަމިއްލަ ނަމުގައި ވަޒީރު ރޯސަ ޔޮލާންޑަ ވިލަވިސެންސިއޯ އަށާއި، ކޮލޮމްބިއާ ސަރުކާރަށް އަދި އެންމެހާ ރައްޔިތުންނަށް ކޮލޮމްބިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފައެވެ.

‎މީގެ އިތުރުން ވަޒީރު ވަނީ ދިވެހިރާއްޖެ އާއި ކޮލޮމްބިއާ އާ ދެމެދު އޮންނަ ގާތް ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ހަރުދަނާވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ވިދާޅުވެފައެވެ.

"‏‎އަޅުގަނޑު ކަމަނާއަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އަރުވަން"، ވަޒީރުގެ މެސެޖުގައި ވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު