Friday, November 6
ތަހުގީގަށް ހާޒިރުނުވެގެން 2 މީހެއްގެ ވަނަވަރު އާއްމުކޮށްފި

ތަހުގީގަށް ހާޒިރުނުވެގެން 2 މީހެއްގެ ވަނަވަރު އާއްމުކޮށްފިއެވެ. އޭގެ ތެރެއިން އެކަކީ ހުޅުމާލެ ފޭސް 2 އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރަން ބޭނުންވާ މީހެކެވެ.

 

ހާޒިރުވާންވީ ފަރާތުގެ ވަނަވަރު

 ޅ. ކުރެންދޫ / ކޯރަމް، ޢަލީ މަދީޙް، ޅ ކުރެންދޫ/ ކޯރަމް  އުމުރު: 29އަހަރު

އައިޑީކާޑު ނަންބަރު: A215179

ހާޒިރުކުރެވޭ ހައިސިއްޔަތު: މައްސަލައިގެ ތަހުގީގަށް ތުހުމަތުގައި ސުވާލުކުރުމަށް

ހާޒިރުވާންޖެހޭ ތަނާއި ތާރީޙާއި ގަޑި: ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނަށް، 2025 ޖުލައި 27 ވަނަ ދުވަހުގެ 10:00 އަށެވެ.

މީގެ އިތުރުން ކްރައިމްސް އެގެއިންސްޓް ޗިލްޑްރެން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރަން ބޭނުންވާ މީހެއްގެ ވަނަވަރުވެސް ވަނީ އާއްމުކޮށްފައެެ.

އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އޭނާގެ ވސނަވަރު ވަނީ އިއުލާންކޮފައެވެ.

ހާޒިރުވާންވީ ފަރާތުގެ ވަނަވަރު

އާމިނަތު ޝިފްޒާ އުޖާލާ / ސ. ހިތަދޫ

އުމުރު: 40 އަހަރު

އައިޑީކާޑު ނަންބަރު: A149841

ހާޒިރުކުރެވޭ ހައިސިއްޔަތު: މައްސަލައިގެ ތަހުގީގަށް ތުހުމަތުގައި ސުވާލުކުރުމަށެވެ.

ހާޒިރުވާންޖެހޭ ތަނާއި ތާރީހާއި ގަޑި: ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ، 2025 ޖުލައި 27 ވަނަ ދުވަހުގެ 14:00 އަށްކަމަށް ފުލުހުން މައުލޫމާތުދެެެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު