Friday, November 6
މިނިސްޓަރ ސައީދުގެ ބައްޕަ ނިޔާވުމުން ރައީސްގެ ތައުޒިޔާ

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދުގެ ލޮބުވެތި ބައްޕަ ނިޔާވެއްޖެއެވެ. ސަޢީދު ޢަބްދުﷲ، ވިނަރެސް / ހއ.ތުރާކުނު، ނިޔާވުމާއި ގުޅިގެން ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒު ވަނީ އާއިލާއަށް ތައުޒިޔާ ދަންނަވާފައެވެ. ރައީސްގެ އަމިއްލަ ސޯޝަލް މީޑީއާ އެކައުންޓްގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، އެ ޚަބަރު އަޑުއެހީ ނުހަނު ފުންހިތާމައާއެކުގައި ކަމަށެވެ. ''މަރުޙޫމް ސަޢީދު ޢަބްދުﷲ އަކީ ހއ.ތުރާކުނުގެ ވެރިކަމުގެ ދާއިރާގެ އިސް މަޤާމުތަކުގައި 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ، ޤަދަރުވެރި ބޭފުޅެކެވެ. ޚުލްޤު ހެޔޮ، ދީންވެރި، ހަރުދަނާ ޝަޚްޞިއްޔަތެކެވެ. މަރުޙޫމްގެ ޢާއިލާއަށް ނުހަނު އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވައި، ކެތްތެރިކަން ދެއްވުން އެދި ދުޢާ ކުރަމެވެ'' ރައީސް ގެ ޕޯސްޓްގައި ވިިދާޅުވިއެވެ. ރައީސް ވަނީ މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ މަތިވެރި ނިޢުމަތާއި ރަޙްމަތުގައި މަރުޙޫމް ސަޢީދު ޢަބްދުﷲ ލެހެއްޓުމަށް އެދި ދުޢާ ދަންނަވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު