Saturday, October 31
ގުރައިދޫގައި ރިސާލަތު ޕްރޮގުރާމާއި ނަމާދު މަތިވެރިކުރުން ޕްރޮގުރާމް ކުރިއަށް ގެންގޮސްފި

ތ. ގުރައިދޫގައި ރިސާލަތު ޕްރޮގުރާމާއި ނަމާދު މަތިވެރިކުރުން ޕްރޮގުރާމް ކުރިއަށް ގެންގޮސްފިއެވެ.

އެގޮތުން ގުރައިދޫ ސްކޫލްގެ ދަރިވަރުންނަށާއި، މުވައްޒަފުންނަށް އަދި އާންމުންނަށް ކުރިއަށްގެންދިޔަ މި ދެ ޕްރޮގްރާމްގެ ދަންފަޅިތައް ނަންގަވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ވާޢިޡް އައްޝައިޚް ޢަބްދުﷲ މިފްޒާލްއެވެ.

ރިސާލަތު ޕްރޮގުރާމަކީ ދިވެހިންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް ދީނީ ޞައްޙަ މަޢުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ. އަދި ނަމާދު މަތިވެރިކުރުން ޕްރޮގުރާމަކީ ނަމާދަށް ހޭލުންތެރި މުޖްތަމަޢެއް އުފެއްދުމުގެ މަޤުސަދުގައި މިއަހަރު މުޅިން އަލަށް ފަށައިގެން ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ.

އެ ވުޒާރާއިން ބުނީ މި ޕްރޮގުރާމުތައް ކުރިއަށް ގެންދިއުމަށް އެ ވުޒާރާއާއި ކައުންސިލްތައް ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު