Saturday, October 31
ދައުރާ ޢިލްމިއްޔާ ކާމިޔާބުކަމާއެކު ނިންމާލައިފި

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ދަޢުވާ އެންޑް ގައިޑެންސް ގުޅިގެން ކުރިއަށް ގެންދިޔަ ދަަޢުރާ ޢިލްމިއްޔާ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ދައުރާގެ ދަންފަޅިތައް ނަންގަވައިދެއްވީ ސަޢުދީ ޢަރަބިއްޔާއިން ވަޑައިގެންނެވި ދީނީ ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚް ބަދުރު ޙަމަދުއް ދައުލީއެވެ.

އިސްލާމީ ވުޒާރާއިން ހާމަކުރާ ގޮތުގައި މި ދައުރާގައި ޢިލްމީ އެކި ކަންކަމާއި ގުޅޭ ގޮތުން ބައިވެރިންނަށް މަޢުލޫމާތު ދެއްވާފައެވެ. މި ދައުރާގައި ދީނީ ޢިލްމުވެރިންނާއި، ޚަޠީބުންނާއި، އިމާމުން ހިމެނޭހެން 65 ބައިވެރިން ބައިވެރިވެފައިވާ ކަމުގައިވެސް އެ ވުޒާރާއިން މަޢުލޫމާތު ދެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި، ސަޢުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ދަޢުވާ އެންޑް ގައިޑަންސްއާއި ގުޅިގެން މީގެ ކުރިން އަޤީދާއާއި ގުޅޭ ތިން ދައުރާއެއްް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު