Friday, November 6
ގެއްލިގެންހޯދާ ޔާމީން ރާއްޖެއިން ބޭރަށް ނުދޭ: ފުލުހުން
ގ. ގާރނެޓް ހަސަން ޔާމީން 30އ. ގެއްލުނުތާ މިއަދަށް ހަތް ދުވަސްވެފަައިވާއިރު، އޭނާ ރާއްޖެއިން ބޭރަށް ގޮސްފައި ނުވާ ކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޔާމީން މި މަހުގެ 11 ވަނަ ދުވަހު ރޭގަނޑު 21:25 ހާއިރު މާލޭގައި އޭނާ ދިރިއުޅޭ ގެއިން ނުކުމެގެން ދިޔަފަހުން، އާއިލާއަށް ހަބަރެއް ނުވެ، ގެއްލިފައިވާއިވާ ކަމަށް ރިޕޯޓް ކުރުމާއި ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.
މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ޖުލައި 14 ވަނަ ދުވަހު ޔާމީންގެ އާއިލާގެ ފަރާތުންނެވެ. "މައްސަލައާ ގުޅިގެން ގިނަ އަދަދެއްގެ ސީސީޓީވީ ފުޓޭޖް ދިރާސާކުރުުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. އަދި އާއިލާގެ އެއްބާރުލުމާއެކު އޭނާ ދިރިއުޅޭ ތަން ބަލައިފާސްކުރިއިރު، ތުހުމަތު ކުރެވޭ އެއްވެސް ކަމެއް ނުވަތަ ކުށުގެ އަމަލެއް ހިންގާފައިވާކަމުގެ އެއްވެސް ނިޝާނެއް ފެނިފައެއް ނުވެއެވެ. އަދި އެޕާޓްމެންޓަށް އެއްވެސް ބަދަލެއް އައިސްފައިވާ ކަމަށް ފާހަގަކުރެވިފައެއް ނުވެއެވެ" ފުލުހުން މިއަދު ނެރުނު ބަޔާނުގައި ވެއެވެ. އަދި ތަހުގީގުން ޔާމީން ގައުމުން ބޭރަށް ގޮސްފައި ނުވާކަން ކަމާއި ގުޅުން ހުރި އިދާރާތަކުން ކަށަވަރުކޮށްފައިވާ ކަަމަށް ފުލުހުން ވިދާޅުވެފައި ވެއެވެ.  

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު