Friday, November 6
ކަނޑުގަދަވެ ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑުބަޔަކަށް ރީނދޫ އެލާޓް ނެރެފި
ރާއްޖޭގެ ބޮޑުބަޔަކަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް ރީނދޫ އެލާޓް ނެރެފިއެވެ. މިއަދު ހެނދުނުން ފެށިގެން ރާއްޖޭގެ އެކި ސަރަހައްދުތަކަށް އެކި ފަހަރުމަތިން ދަނީ ރީނދޫ ސަމާލު ނެރެފައެވެ. މިއަދު ހަވީރު ފަސްގަޑި ތިރީހުން ފެށިގެން މިރޭ ދިހައެއް ޖެހުމާއި ހަމައަށް މިހާރު ވަނީ ހއ އިން ފެށިގެން ފ އަތޮޅާއި ހަމައަށް ރީނދޫ އެލާޓް ނެރެފައެވެ. މޫސުމާއި ބެހޭ އިދާރާއިން ބުނީ ގަޑިއަކު 30 މޭލާ 35 މޭލާ  ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށެވެ. ރެއިން ފެށިގެން ކުރަމުން އަންނަ ވިއްސާރައިގައި މާލޭއާއި ބައެއް ރަށްރަށުގައި ގަސް ވެއްޓުމުގެ ހާދިސާތައް ދަނީ ހިނގަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު