Monday, November 2
ވައިގަދަވެ މާލެއާއި ހުޅުމާލޭގައި ގަސްތައް ވެއްޓި ގެއްލުންތަކެއް

މިހާރު ކުރަމުންދާ ވިއްސާރާގައި ވައިގަދެވެ މާލޭގެ ބައެއް ސަރަހައްދުތަކުގައި ގަސް ވެއްޓުމާއި، ފުރާޅު އެއްލާލުން ފަދަ ހާދިސާތައް ހިނގާފައިވާތީ، މުސުމަށް ސަމާލުކަން ދިނުމަށް ފުލުހުން އިލްތިމާސްކޮފިއެވެ.

ގަސްވެއްޓުމުގެ ހދިސާތައް މާލެ އަދި ހުޅުމާޭގއި ހިނގާފައިވާތީ އެ ސަރަހައްދުތަކުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. މޫސުން ގޯސްވެ، ވައިގަދަވާ ވަގުތުތަކުގައި ބޭރުގައި އުޅުއްވާއިރު ހާއްސަ ސަމާލުކަމެއް ދެއްވުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

މާލޭގެ އިތުރުން ހުޅުމާލޭގައި ވެސް ގަސްތައް ވެއްޓި ސައކަލްތަކަށް ވެސް ވަނީ ގެއްލުންވެފައެވެ.

ފުލުހުން ވަނީ ކަނޑުދަތުތުކުރުމުގައި ސަމާލުވުމަށް ވެސް އިލްތިމާސްކޮފައެވެ.

ރާއްޖޭގެ ހުތިހާ ސަރަހައްދަކަށް ވާރޭވެހި ވައިގަދަވާނެ ކަމަށް ަފާކޮށް އެކި ސަރަހައްދުތަކަށް ސަމާލުވުމަށް އެލާޓްތައް ވަނީ ނެރެފައެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު