Friday, November 6
ރައީސް ކަސްޓަމްސް ގެ އަހަރީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި
މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ 135 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ކަސްޓަމްސްގެ ވެރީންނާއި ހުރިހާ މުވައްޒަފުންނަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތަހުނިޔާ ފޮނުއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވީ މިއަދު އެ މަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ޙިއްޞާކުރެއްވި ޕޯސްޓުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި، ޤައުމީ ޚިދުމަތުގައި، ކަސްޓަމްސް އަށް އަބަދުވެސް ކުރިއެރުމާއި ކާމިޔާބީއަށް އެ މަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ. ދިވެހިރާއްޖޭގެ އެންމެ ދުވަސްވީ އެއް މުއައްސަސާ ކަމަށްވާ ދިވެހިރާއްޖޭގައި ކަސްޓަމްސްގެ ޚިދުމަތްދޭން ފަށާފައިވަނީ މީލާދީން 1890 ވަނަ އަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުވަހުއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު