Saturday, October 31
މަވައްދަތު ސިލްސިލާގެ ހަތަރު ވަނަ ފޯރަމް މިރޭ، މައުޟޫޢަކީ "ދެމަފިރިންގެ ޙައްޤުތަކާއި ވާޖިބުތައް"

ކައިވެންޏާ ގުޅޭ ކަންކަމަށް ހޭލުންތެރިކަން އިތުުރުކުރުމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ "މަވައްދަތު" ސިލްސިލާގެ ހަތަރު ވަނަ ފޯރަމް މިރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނީ މި ފޯރަމް ކުރިއަށްދާނީ މިއަދު 20:00 އިން 22:30 އަށް އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ކަމަށެވެ.

މި ފޯރަމްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ "ދެމަފިރިންގެ ޙައްޤުތަކާއި ވާޖިބުތައް" މި މަޢޫޟޫއަށެވެ. މި ފޯރަމްގައި ބައިވެރިވެލައްވާނީ އައްޝައިޚް ނިމާލު މުޙައްމަދު، އައްޝައިޚް އަޙްމަދު މަޢުސޫމް އަދި އަލްއުސްތާޛާ ޙައްވާ ލަޠީފެވެ.

މި ސިލްސިލާގެ ތިން ފޯރަމެއް މިހާތަނަށް ބާއްވާފައިވާއިރު، މި ސިލްސިލާގެ ފުރަތަމަ ފޯރަމްގައި އަލިއަޅުއްވާލާފައިވަނީ "ކައިވެނީގެ ކުރިން" މި މައުޟޫޢަށެވެ. އަދި މި ސިލްސިލާގެ ދެވަނަ ފޯރަމްގައި "ކައިވެންޏަށް ތައްޔާރުވުން" މި މައުޟޫޢަށް އަލިއަޅުވާލާފައިވާއިރު ތިން ވަނަ ފޯރަމްގައި އަލިއަޅުވާލާފައިވަނީ "ކައިވެނި ކުރެވުމާއެކު" މި މައުޟޫޢަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު