އާދިއްތަ, November 15
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ވިނަރެސް ފުލެޓު ޓަވަރެއްގެ މަތިން ވެއްޓި ނިޔާވި ޒުވާނާއަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. ރައީސް ތަޢުޒިޔާ ދަންނަވާފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މިގޮތުން ރައީސް ވަނީ ވިނަރެސް ފްލެޓް އިމާރާތަކުން ވެއްޓި ނިޔާވި އުމުރުން 18 އަހަރުގެ ޝިއާން ޙަބީބުގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކޮށް، ތަޢުޒިޔާ ދަންނަވާ ކަމުގައި ވިދާޅުވެފައެވެ. "މަރްޙޫމް ޝިއާން ޙަބީބު، މާތްﷲގެ ތަނަވަސް ރަޙްމަތުގައި ލަހައްޓަވާ، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި. އާމީން"، ރައީސް ވިދާޅުވެފައިވެއެވެ. ވިނަރެސް 8 ވަނަ ޓަވަރުން ވެއްޓުނު ޒުވަނާ ނިޔާވެފައިވަނީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު