Friday, November 6

ހައިކޯޓުން ހުސްވި ފަނޑިޔާރު ކަމުގެ ދެ މަޤާމަށް ހުޅުވާލުމުން 11 ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.

އެ މަޤާމުތަކަށް ބޭފުޅުން ހަމަޖެއްސެވުމަށް ހުޅުވާލުމުން 11 ބޭފުޅަކު ކުރިމަތިލައްވާފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެެސްސީ) އިން ވަނީ ބުނެފަ އެވެ. އެއީ:

  •  ޖޭއެސްސީ މެމްބަރު އަލީ އަބްދުއްލަތީފް
  •  ޑްރަގް ކޯޓުގެ ފަނޑިޔާރު އާދަމް ޢާރިފް
  • - ސިވިލް ކޯޓުގެ ފަނޑިޔާރު ޙާފިޒާ އަބްދުއްސައްތާރު
  • - ސިވިލް ކޯޓުގެ ފަނޑިޔާރު ޙަސަން ފަހީމް
  • - ހައި ކޯޓުގެ ކުރީގެ އިސްފަނޑިޔާރު ޝުޖާއު އުސްމާނު
  • - ކުރީގެ މެޖިސްޓްރޭޓް މުޙައްމަދު ރާޣިބް
  • - ކްރިމިނަލް ކޯޓުގެ ކުރީގެ ފަނޑިޔާރު އިބްރާހިމް އަލީ
  • - ސިވިލް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާ
  • - ހޯމް މިިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޝަހީދު
  ހައިކޯޓްގެ ފަނޑިޔާރު ކަމަށް ހުޅުވާލީ އެ ކޯޓުގެ އިސް ފަނޑިޔާރުގެ މަޤާމުގައި ހުންނެވި ޙުސައިން ޝަހީދާއި ފަނޑިޔާރު މުޙައްމަދު ސަލީމް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު