Friday, November 6
އޭއީއެޗް ގައި މެޑިކަލް އިންޓާންޝިޕް ފަށައިފި

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމް ފަށައިފިއެވެ.

ޑޮކްޓަރުކަން ކިޔަވާ ދަރިވަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ނުވަތަ މެޑިކަލް އިންޓާންޝިޕް އެހޮސްޕިޓަލުގައި ފެށީ 16 ޖުލައި 2025 ގައި ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދެއެވެ.

ޑޮކްޓަރުކަން ކިޔަވާ ދަރިވަރުންނަށް ޑޮކްޓަރުކަމުގެ ފާސް ލިބެނީ އިންޓާންޝިޕް ޕްރޮގްރާމް ފުރިހަމަކުރުމުންނެވެ.

އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ފެށި މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމަކީ އަތޮޅު ތެރޭގައި ފެށި މިކަހަލަ ފުރަތަމަ ޕްރޮގްރާމެވެ.

މާލެ ސަރަހައްދުން އައިޖީއެމްއެޗާއި އޭޑީކޭ އިން މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމް ފަށާފައިވާއިރު، ހުޅުމާލޭ ހޮސްޕިޓަލުގައިވެސް މިހާރު މި ޕްރޮގްރާމް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު