Friday, November 6
މަސްވެރިކަން ޕްރޮމޯޓްކުރުމަށް ބޭނުންކުރާ ބްރޭންޑް ފްރޮމް މޯލްޑިވްސް އިފްތިތާޙްކޮށްފި

ދިވެހިރާއްޖޭގެ މަސްވެރިކަން ޕްރޮމޯޓްކުރުމަށް ބޭނުންކުރާ ބްރޭންޑް "ފްރޮމް މޯލްޑިވްސް" އިފްތިތާޙްކޮށްފިއެވެ.

މި ބްރޭންޑް  އިފްތިާޙްކޮށްދެއްވީ މިއަދު ލަންޑަންގައި ކުރިއަށް ދިޔަ "މޯލްޑިވްސް-ޔޫކޭ ބިޒްނަސް ފޯރަމް" ގެ ތެރެއިން ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުއެވެ.

މިފަދަ ބްރޭންޑެއްގެ މަޤްޞަދަކީ، ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުމަށް ދިވެހި ރާއްޖެއިން ކުރާ މަސައްކަތްތައް ކުރިއަރުވައި، ދުނިޔޭގެ ބާޒާރުގައި ދިވެހި ސީފުޑްއަކީ ޕްރިމިއަމް އެކްސްޕޯޓް ޕްރޮޑަކްޓެއްގެ ގޮތުގައި ޕްރޮމޯޓްކުރުން ކަމަށް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދެއްވައެވެ.

މީގެ އިތުރުން މިއަދުގެ ފޯރަމްގެ ތެރެއިން ވިޔަފާރީގެ ދާއިރާއިން ދޭދޭ ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ވެސްޓް ލަންޑަން ޗޭމްބަރޒް އޮފް ކޮމަރސްއާއި ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާ ދެމެދު ފަހުމުނާމާއެއްގައިވެސް ވަނީ ސޮއިކުރައްވާފައިއެވެ.

 

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު