Friday, November 6
މޯލްޑިވްސް-ޔޫކޭ ބިޒްނަސް ފޯރަމްގައި ރައީސް ބައިވެރިވަޑައިގެންފި
އިނގިރޭސިވިލާތުގެ ލަންޑަންގައި ބޭއްވި "މޯލްޑިވްސް-ޔޫކޭ ބިޒްނަސް ފޯރަމް"ގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ. މިއީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި، ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އިންތިޒާމްކުރައްވައިގެން ކުރިއަށްގެންދަވާ ސިލްސިލާ ފޯރަމްގެ 8 ވަނަ ބައްދަލުވުމެވެ. މިއަދުގެ ފޯރަމްގައި އިނގިރޭސިވިލާތުގެ ކޯޕަރޭޓް ސެކްޓަރގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއިރު، ދޭދޭ އިޤްތިޞާދީ ގުޅުން ހަރުދަނާކުރުމަށް އެއްބާރުލުންދެވޭނެ ކަމުގެ ޔަޤީންކަން ދެފަރާތުންވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ. "މޯލްޑިވްސް-ޔޫކޭ ބިޒްނަސް ފޯރަމް"ގައި ވާހަކަދައްކަވަމުން، ކޮމަންވެލްތު އެންޓަރޕްރައިޒް އެންޑް އިންވެސްޓްމަންޓް ކައުންސިލްގެ ޗެއަރމަން، ދަ ރައިޓް އޮނަރަބަލް ލޯޑް މަރލަންޑްވަނީ، މުސްތަޤުބަލަށްޓަކައި ދިވެހިރާއްޖެއިން ގެންގުޅޭ ސާފު ތަޞައްވުރަށް ވުނޭރުންގެ އިތުބާރު ލިބެމުންދާކަން ފާހަގަކުރައްވާފައެވެ. "އިންވެސްޓިންގް އިން ދަ ފިއުޗަރ: އަ ޑައެލޮގް އޮން މޯލްޑިވްސް އިކޮނޮމިކް ވިޜަން"  މި ޝިޢާރުގެ ދަށުން މިއަދުގެ ފޯރަމްގައި މަތީ ފަންތީގެ ޕެނަލް ޑިސްކަޝަނެއްވެސް ވަނީ ކުރިއަށްގެންދަވާފައެވެ. މި ސެޝަންގެ ބައިވެރިންނަށް، ރާއްޖޭގެ ވަފުދާ މުޢާމަލާތްކޮށް ފަތުރުވެރިކަމާއި މަސްވެރިކަމާއި އިޔާދަކުރަނިވި ހަކަތައާއި ކުނި މެނޭޖްކުރުމާއި ފައިނޭންސިންގް ފަދަ މުހިންމު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ހުރި ފުރުޞަތުތަކުގެ މައުލޫމާތު ވަނީ ޙިއްޞާކުރެވިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު