Saturday, October 31
ޕޯސްޓްމޯޓަމް ހެދުމަށް ޢަބްދުއްރަޙްމާންގެ ހަށިގަނޑު ހޯމަ ދުވަހު އިންޑިއާއަށް ފޮނުވަނީ

އއ. މާޅޮސްގައި އުމުރުން ދުވަސްވީ މީހަކަށް ބޮޑެތި ޒަޚަމްތަކެއް ދިނުމުގެ ސަބަބުން ނިޔާވި މައްސަލައާ ގުޅިގެން ޕޯސްޓް މޯޓަމް ހެދުމަށް އެ މީހާގެ ހަށިގަނޑު އަންނަ ހޯމަ ދުވަހު އިންޑިއާގެ ތިރުވަނަންތަޕޫރަމަށް ފޮނުވަން ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މި ހާދިސާގައި ނިޔާވެފައިވަނީ އއ. މާޅޮސް، އޯކިޑުމާގެ، ޢަބްދުއްރަޙްމާން އާދަމް (65 އ) އެވެ.

ފުލުހުން މީގެ ކުރިން ބުނީ ޢަބްދުއްރަޙްމާން އާދަމްގެ ހަށިގަނޑުގެ ޕޯސްޓް މޯޓަމް ހެދުމަށް ތަހުގީގު ޓީމުން ނިންމާފައިވަނީ، މަރުގެ ސީދާ ސަބަބުން ދެނެގަތުމަށާއި ތަހުގީގަށް ބޭނުންވާ ހެކި ހޯދުމަށް ކަމުގައެވެ. އިތުރު ތަހުލީލުތައް ހެދުމަށާއި ޕޯސްޓް މޯޓަމް ހެދުމުގެ އިންތިޒާމްތައް ކުރިއަށް ގެންދިއުމަށް ޢަބްދުއްރަޙްމާންގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ ޖުލައި 13 ވަނަ ދުވަހުއެވެ.

މާޅޮސް ގެއެއްގައި ނިދާފައި އޮތް މީހަކަށް ބޮޑެތި ޒަޚަމްތަކެއް ދިނުމުގެ ސަބަބުން ޞިއްޙީ މަރުކަޒަށް ގެންގޮސް ފަރުވާދެމުންދާ ކަމަށް ހޮނިހިރު ދުވަހުގެ ރޭ ދަންވަރު 01:50 ހާއިރު ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައެވެ. އެ މީހާއަށް ފަރުވާ ދެމުން ދަނިކޮށް އާދީއްތަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ވަނީ ނިޔާވެފައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ތަޙުޤީޤެއް ޓީމެއް ވަނީ އެ ރަށަށް ގޮސްފައެވެ. އަދި ފުލުހުން ދަނީ މާޅޮހަށް އަރައިފައިބާ މީހުން މޮނިޓަރވެސް ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު