އާދިއްތަ, November 15
ސިފައިންގެ ކަނޑުމަތީ ހަރަކާތްތަކެއް ހޮނިހިރު ދުވަހު ގިރިފުށި ސަރަހައްދުގައި ކުރިއަށްދާނެ

ސިފައިންގެ ކަނޑުމަތީ ހަރަކާތްތަކެއް ހޮނިހިރު ދުވަހު ގިރިފުށި ސަރަހައްދުގައި ކުރިއަށްދާނެ ކަމުގައި ދިފާޢީ ވުޒާރާއިން ބުނެފިއެވެ.

ދިފާޢީ ވުޒާރާއިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދާ ކަނޑުމަތީގެ ޙަރަކާތްތަކެއް 2025 ޖުލައި 19 ވަނަ ދުވަހުގެ ހެނދުނު 08:00 އިން މެންދުރު 12:00 އަށް ގިރިފުށި ހިމެނޭ ސަރަހައްދުގެ ކަނޑުމަތީގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ހަރަކާތުގައި ލޯ އެކްސްޕްލޯޝިވްސް ގޮވާތަކެތި ބޭނުންކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ހުޅުމާލެއާއި މާފިލާފުށީގައިވެސް ސިފައިންގެ އަސްކަރީ ތަމްރީންތަކެއް މިއަދުން ފެށިގެން ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ހުޅުމާލޭގައި މިއަދުން ފެށިގެން ޖުލައި 24 ގެ ނިޔަލަށް އަދި މާފިލާފުށީގައި މި މަހުގެ 20 އިން 21 އަށް މި ތަމްރީންތައް ކުރިއަށްދާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު