އާދިއްތަ, November 15
ވިޒިޓް މޯލްޑިވްސްގެ ވެބްސައިޓް ފަރުމާކޮށްދޭނެ ފަރާތެއް ހޯދަނީ
ވިޒިޓް މޯލްޑިވްސްގެ ވެބްސައިޓު ފަރުމާކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފިއެވެ. ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ އެ ކޯޕަރޭޝަނުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް އެ ކޯޕްރޭޝަންގެ ވެބްސައިޓް ޑިވެލޮޕްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 29 ޖުލައި 2025 ވާ (އަންގާރަ) ދުވަހުގެ ހެނދުނު  10:00 އަށް، އެ ކޯޕަރޭޝަންގެ އޮފީސް (ހ.ޒޮނާރިއާގެ ހަތަރުވަނަ ފަންގިފިލާ) އަށް ވަޑައިގެން މައުލޫމާތު ސާފުކުރުމަށް ވަނީ އެދިފައެވެ.

އަދި 5 އޮގަސްޓް 2025 ވާ (އަންގާރަ) ދުވަހުގެ ހެނދުނު 10:00 އަށް، ވިޒިޓް މޯލްޑިވްސްގެ އޮފީސް (ހ.ޒޮނާރިއާގެ ހަތަރުވަނަ ފަންގިފިލާ) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުމަށްވެސް އެދިފައިވެއެވެ.

އިޢުލާނުގައި ބުނެފައިވާ ގޮތުން މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، "މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް" ގެ ނަން "ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް" އަށް ބަދަލުކުރެއްވީ މިދިޔަ އާދީއްތަ ދުވަހު އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު