އާދިއްތަ, November 15
ހުޅުމާލޭ ވިނަރެސް ޓަވަރަކުން މީހަކު ވެއްޓިއްޖެ

ހުޅުމާލޭ ވިނަރެސް ޓަވަރަކުން މީހަކު ވެއްޓިއްޖެއެވެ.

ފުލުހުން ބުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސް ފުލެޓުތަކުގެ 8 ވަނަ ޓަވަރުން މީހަކު ވެއްޓުމާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އަދި ޓަވަރު މަތިން ވެއްޓުނު މީހާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ. ނަމަވެސް މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

މިހާރު މީސްމީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ވެއްޓިފައިވަނީ ފިރިހެނަކެވެ. އަދި އެ މީހާގެ ކައިރީގައި ފުލުހުން ހަރަކާތްތެރިވަމުންދާ މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު