Friday, November 6
ފައިސާ ނެގުމަށް ފަހު އަސްކޮއި ގުރޫޕުން ޢުމްރާއަށް ނުގެންދިޔަ މައްސަލައެއް ފެންމަތިވެއްޖެ

ފައިސާ ނެގުމަށް ފަހު އަސްކޮއި ގުރޫޕުން ބަޔަކު ޢުމްރާއަށް ނުގެންދިޔަ މައްސަލައެއް އަނެއްކާވެސް ފެންމަތި ވެއްޖެ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ އަސްކޮއި އުމްރާ ކުންފުނިން އުމްރާއަށް މީހުން ގެންދިއުމަށް ފައިސާ ނަގައި ފުރަން އޮތް ދުވަހު ނުފުރައި ލަނޑުދީގެން އުޅޭކަމުގެ މައުލޫމާތު މިނިސްޓްގެ ސަމާލުކަމަށް ރޭ އިރާކޮޅުގައި  އައިސްފައި ކަމަށެވެ.

މި މައްސަލަ ފުލުހަށް ހުށަހަޅައި ޤަވާއިދާ އެއްގޮތައް ފިޔަވަޅު އަޅާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ވަރަށް ގިނަ ބަޔަކު ވަނީ އެ މީހުންނަށް އަސްކޮއި ގުރޫޕުން ލަނޑު ދީފައިވާކަން ބުނެ އެކަން ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފަ އެވެ.

ގުރޫޕްގެ ވެރީން ފިލާފައިވާ ކަަމަށް ވެސް ބުންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު