ސިއްހީ ދާއިރާއަށް 47 އަހަރަށްވުރެ ގިނަ ދުވަހު އަގުހުރި ހިދުމަތްތަކެއް ކުރައްވާފައިވާ ހިދުމަތްތެރިޔާ އަބްދުލްކަރީމް އާދަމް އަވަަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
އޭނާ އަވަހާރަވުމާ ގުޅިގެން އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓުގައި ރައީސްވަނީ އަބްދުލްކަރީމަަކީ 47 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސިއްހީ ދާއިރާއަށް ހިދުމަތްކުރައްވައި، އެތައް ބަޔަކަށް ބޭސްފަރުވާކޮށްދެއްވި ހިދުމަތްތެރިއެއް ކަމަށެވެ. އަދި އޭނާ އަވަހާރަވުމުގެ ހިތާމާގައި ބައިވެރިވެވަޑައިގެން އާއިލާއަށް ތަރުޒިޔާ ވިދާޅުވާކަމަށް ރައީސްގެ ޕޯސްޓުގައި ވިދާޅުވިއެވެ.
އަބްދުއްރަހީމާމެދު ރައީސް އިތުރަށް ވިދާޅުވީ އޭނާއަކީ ފާއިތުވި ބައި ގަރުނެއްހައި ދުވަހު ރާއްޖޭގެ ސިއްހީ ދާއިރާއަށް އައި ބޮޑެތި ބަދަލުތައް ގާތުން ދެކެވަޑައިގެންނެވި ތަޖުރިބާކާރު އެންމެންގެ ލޯތްބާއި އިހުތިރާމު ލިބިވަޑައިގެން ހުންނެވި ނަމޫނާ ޝަހުސިއްޔަތެއް ކަމަށެވެ. އަދި އޭނާއަކީ ދިވެހި ދައުލަތަށް ދިގު މުއްދަތެއްގައި ހިދުމަތްކުރެއްވުމުގެ އިނާމު ލިބިވަޑައިގެން ހުންނެވި ޝަރަފުވެރިއެއް ކަން ފާހަގަކުރެއްވިއެވެ.
ރައީސްގެ މެސެޖު ނިންމަވައިލެއްވީ މާތްﷲގެ ރުއްސެވުމާއި ފުއްސެވުމާއި ސުވަރުގޭގެ ދާއިމީ ނިއުމަތުގައި އޭނާ ލެހެއްޓެވުން އެދިވަޑައިގެން ދުއާކުރައްވަމުންނެވެ.
މި ލިޔުން ކިޔާލުމުން