Friday, November 6
ސިއްހީ ދާއިރާއަށް ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ކަރީމްބެ ނިޔާވެއްޖެ

ސިއްހީ ޚިދުމަތް ފޯރުކޮށްދެއްވުމުގައި 47 އަހަރަށް ވުރެން ގިނަ ދުވަސް ހޭދަކުރެއްވި, ހ. ސެންޓާލަމް, ޢަބްދުލްކަރީމް އާދަމް (ކަރީމްބެ) ރޭ އަވަހާރަވެއްޖެއެވެ.

އުމުރުން 80 އަހަރުގައި ކަރީމްބެ އަވަހާރަވީ އުމުރުން ދުވަސްވުމުގެ ސަބަބުން ބަލިވެ އުޅުއްވައިފައެވެ. ކަރީމްބެގެ މައްޗަށް ކުރާ ކަށުނަމާދު މިއަދު އަސުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި ބާއްވަން ވަނީ ނިންމައިފައެވެ.

ކަރީމްބެ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 18 ޖޫން 1961 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ސިއްހަތާ ބެހޭ އޮފީހުގެ ހެލްތު އެސިސްޓެންޓުގެ ވަޒީފާއެވެ. އުމުރުން 65 އަހަރުވެގެން 16 ޖުލައި 2009 ގައި ރިޓަޔާ ކުރައްވަންދެން ޚިދުމަތް ކުރައްވަމުން ގެންދެވީ އެ ދާއިރާގައެވެ.

2023 ވަނަ އަހަރު ވަނީ ކަރީމްބެއަށް ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ލިބިވަޑައިގެންފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު