Saturday, October 31
ލޫޠު ނިޔާވުމުން އާއިލާއަށް ރައީސްގެ ތައުޒިޔާ

ފީނަން ގޮސް އުޅެނިކޮށް މާމިގިލިން ގެއްލުނު އުމުރުން 15 އަހަރުގެ ލޫޠު ބިން އަޙްމަދު ނިޔާވުމަކީ ހިތާމަވެރި ޚަބަރެއްގެ ގޮތުގައި ސިފަކުރެއްވުމާއެކު އޭނާގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސްގެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓުގައި އެމަނިކުފާނު ވިދާޅުވީ މޫދަށް ގޮސް އުޅެނިކޮށް އުމުރުން 15 އަހަރުގެ ކުޑަކުއްޖަކު ނިޔާވުމަކީ ހިތާމަވެރި، ނުތަނަވަސް އިހުސާސްތަކެއް ކުރުވި ކަމެއް ކަމުގައެވެ.

ރޭ އދ.މާމިގިލީގައި ހިނގި އެ ހާދިސާގައި ނިޔާވި ލޫޠު ބިން އަޙްމަދަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުކޮށްދެއްވުން އެދިވަޑައިގެން ދުއާކުރެއްވުމާއެކު އެ އާއިލާއަށް މި ހިތްދަތި ވަގުތު ކެތްތެރިކަން މިންވަރުކުރެއްވުން އެދިވަޑައިގެން ރައީސް ދުއާކުރެއްވިއެވެ.

މި މަހުގެ 14 ވަނަ ދުވަަހުގެ މެންދުރު ވަގުތެއްގައި އދ.މާމިގިލި ކައިރިއަށް ފީނަން ގޮސް އުޅުނު ހަތަރު ކުދިންގެ ތެރެއިން ކުއްޖަކު ގެއްލިފައިވާ މައްސަލަ ފުލުހުންގެ ހިދުމަތަށް ރިޕޯޓުކުރީ އިއްޔެއެވެ.

ރޭ އިރާކޮޅު ހޯދަމުން އައި 15 އަހަރުގެ ކުއްޖާ ފެނުނީ އޭނާ ހޯދުމަށް ފީނަމުންދިޔަ އެމްއެންޑީއެފްގެ ޑައިވަރުންނަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު