Saturday, October 31
ރުކަށް ގެއްލުންދޭ ޕެސްޓު ކޮންޓްރޯލްކުރަން ޗައިނާ އާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިވެހިރާއްޖޭގެ ރުއްތަކަަށް ކުރިމަތިވާ ކޮންޓްރޯލް ކުރުމުގައި އެހީތެރިކަންފޯރުކޮށްދިނުމުގެ މަޝްރޫޢުގެ ތަންފީޒީ އެއްބަސްވުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާ އާއި ޗައިނާ ޕީޕަލްސް ރިޕަބްލިކް އާ ދެމެދު ސޮއިކުރައްވައިފިއެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ވަޒީރު ޑރ. މަރްޔަމް މާރިޔާ އެވެ. އަދި ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ސަފީރު ހިޒްއެކްސެލެންސީ ކޮންގް ޝިއަންހުއާއެވެ.

ޗައިނާ ސަރުކާރާއި ދިވެހިރާއްޖޭގެ ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން އިއްތިފާޤުވެގެން އެކުލަވާލެވިފައިވާ، މި ޕްރޮޖެކްޓް މައިގަނޑުކޮށް ބިނާކުރެވޭ އަސާސްތަކަކީ، ދިވެހިރާއްޖެއާއި ޗައިނާއިން 20 ސެޕްޓެމްބަރު 2019ގައި ސޮއިކޮށްފައިވާ "އެގްރީމެންޓް އޮން އިކޮނޮމިކް އެންޑް ޓެކްނިކަލް ކޯޕަރޭޝަން" އަދި 10 ޖަނަވަރީ 2024ގައި ދެ ޤައުމުގެ ދެމެދުގައި ބަދަލުކުރެވިފައިވާ ސިޓީތަކުގައި، ޗައިނާ ސަރުކާރުން ޕްރޮޖެކްޓް ހިންގުމަށް އެއްބަސްވެފައިވުމެވެ.

2 އަހަރުދުވަހަށް ދެމިގެންދާ މި ޕްރޮޖެކްޓުގެ ފޯކްސްއަކީ ދިވެހިރާއްޖޭގެ ފުޑް ސެކިއުރިޓީއަށާއި އެގްރިބިޒްނަސް ކުރިއެރުވުމަށްވެސް މުހިންމު ބާވަތެއްކަމުގައި ކަނޑައަޅާފައިވާ ދިވެހި ރުއް ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

މި ޕްރޮޖެކްޓްގެ މައިގަނޑު މަޤްސަދަކީ ދިވެހިރާއްޖެއަށް ބޯޑަރުހުރަސްކޮށް އެތެރެވެފައިވާ ރުކާއި ރުކުގެ ބައިތަކަށް ގެއްލުންދޭ ޕެސްޓު ކޮންޓްރޯލްކުން ކަމަށް ވެސް މިނޮސްޓްރީން މައުލޫމާތުދެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު