އާދިއްތަ, November 15
މީދޫގައި ބީޗް ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

ޖައިކާ (JICA) އަދި ގްރީން ކްލައިމެޓް ފަންޑް (GCF) މަޝްރޫޢުގެ ދަށުން، ސ. މީދޫގައި ކޮމިއުނިޓީ ބީޗް ސާފުކުރުމުގެ ޚާއްސަ ހަރަކާތެއް ބާއްވައިފިއެވެ.

ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ބުނީ މި ހަރަކާތަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް، މޫސުމީ ބަދަލުތަކާ ގުޅިގެން ކުރިމަތިވާ ގޮންޖެހުންތަކަށް ތައްޔާރުވުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ހިންގުނު ހަރަކާތެއް ކަމަށެވެ.

އެ ވުޒާރާއިން ބުނީ މި ހަރަކާތުގައި، މީދޫގެ އެކި މުއައްސަސާތަކުގެ މެންބަރުންނާއި، ދެފަރާތުން ބައިވެރިވާ ޖަމިއްޔާ ޖަމާޢަތްތަކުގެ އިތުރުން، އެރަށުގެ ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވާ ކަމަށާއި، މިފަދަ ހަރަކާތްތަކުގެ މައިގަނޑު މަޤްސަދަކީ ތިމާވެށި ސާފުތާހިރުކޮށް ދެމެހެއްޓުމާއި، ރައްޔިތުންގެ މެދުގައި ތިމާވެށި ރައްކާތެތިކުރުމުގެ ހޭލުންތެރިކަން އިތުރުކުރުން ކަމަށެވެ.

އެ ވުޒާރާއިން ވަނީ މި ހަރަކާތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް އެއްބާރުލުން ދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު