އާދިއްތަ, November 15
"އަހާ" ސިލްސިލާގެ ހަވަނަ ފޯރަމް ބާއްވައިފި

ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ސަރުކާރުން ކުރިއަށްގެންދަވާ، "އަހާ" ސިލްސިލާގެ 6 ވަނަ ފޯރަމް ރޭ ބާއްވައިފިއެވެ. އަހާ ފޯރަމަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިޔާ (ޕީ.އެސް.އެމް.) ގުޅިގެން ބާއްވާ ފޯރަމެކެވެ.

ރޭގެ ފޯރަމުގައި ރައްޔިތުންނަށް މަޢުލޫމާތު ދެއްވުމަށާއި، ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބައިވެރިވެވަޑައިގެންނެވި ހަތަރު ވަޒީރުންނަކީ، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް، މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް، ޠާރިޤު އިބްރާހީމް، މިނިސްޓަރ އޮފް ހެލްތު، ޢަބްދުﷲ ނާޡިމް އިބްރާހީމް އަދި މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް، އިބްރާހީމް ވަޙީދުއެވެ.

ރޭގެ އަހާ ފޯރަމްގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ އެ ވުޒާރާއެއްގެ ދާއިރާއިން ކުރަމުންދާ މަސައްކަތްތަކުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރައްވައި، އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވާފައެވެ.

މި ސިލްސިލާގެ އެހެން ފޯރަމްތަކެކޭ އެއްގޮތަށް ރޭގެ ފޯރަމްގައިވެސް ބައިވެރިވެ ސުވާލުކުރުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައި، ފޯރަމް އޮންނަ ތަނަށް ގޮސް ސުވާލުކުރުމުގެ އިތުރުން، ފޯނުން ގުޅައިގެންނާއި އެސްއެމްއެސްގެ ޒަރިއްޔާއިން އަދި ސޯޝަލް މީޑިއާ މެދުވެރިކޮށްވެސް ފޯރަމަށް ސުވާލު ފޮނުވޭނެ އިންތިޒާމް ހަމަޖައްސާފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު