ގެދޮރުވެރިޔާ ސްކީމްގެ ހަތަރު ހާސް ފްލެޓް ލިބޭ ފަރާތް ތަކާއި އެކު އެއްބަސްވުމުގައި އަންނަ ހަފްތާގައި ސޮއިކިރެވޭނެ ކަމަށް ހައުސިންގް މިނޮސްޓަރ އަބުދުالله މުއްތަލިބު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމުހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ ގުޅިގެން ގެނެސްދޭ އަހާ ފޯރަމްގައި ރޭ މިނިސްޓަރ ވިދާޅުވީޖުލައި މަހުގެ ފުރަތަމަ ހަފްތާގެތެރޭގައި ފްލެޓް އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ފަށާނެކަމަށެވެ.
މިކަމާ ގުޅޭގޮތުން އަހާ ފޯރަމްގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ، ފްލެޓްތަކާ ގުޅިގެން ހުށައެޅި މައްސަލަތަކާ ޝަކުވާތައް ބަލާ، މައްސަލައެއް ނެތި ފްލެޓް ލިބޭކަން ކަށަވަރުވާ މީހުންގެ ލިސްޓް އެކުލަވާލަމުންދާކަމަށެވެ. ވަޒީރު ވިދާޅުވީ، މި މަސައްކަތަށް ދިގު މުއްދަތެއް ހޭދަވަމުންދަނީ، ހުށައަޅާފަވާ މަޢުލޫމާތުގެ ސައްޙަކަން ދެނެގަތުމަށް ގިނަ ދުވަސް ބޭނުންވާތީކަމަށެވެ. މި މަޢުލޫމާތުތަކަކީ ސަރުކާރުގެ ކަމާގުޅޭ އެކި މުއައްސަސާތައް މެދުވެރިކޮށް ކަށަވަރުކުރާ މަޢުލޫމާތަށްވާތީ، އެކަމަށް ވަރަށް ގިނަ ވަގުތު ހޭދަވާކަމަށެވެ.
ވަޒީރު ވިދާޅުވީ ސޮއިކުރުން ކުރިއަށްގެންދިއުމުގެ އިންތިޒާމުތަކަކީވެސް އެވުޒާރާގެ އޮފީހުގައި ކުރިއަށްގެންދަން ފަސޭހަ މަސައްކަތަކަށް ނުވާތީ، ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށްވެސް ޚާއްސަ އިންތިޒާމުތަކެއް ހަމަޖައްސަންޖެހޭކަމަށެވެ. މި ހުރިހާ މަސައްކަތްތައް އެކުއެކީގައި ކުރިއަށްދާކަމަށާއި، ސަރުކާރުން ވަޢުދުވެފަވާގޮތަށް މިމަހުގެ ތެރޭގައި އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ފެށިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ހައުސިން ޔުނިޓްގެ "ގެދޮރުވެރިޔާ" މަޝްރޫޢުގައި ފްލެޓް ދީފައިވާގޮތާގުޅޭގޮތުން ބޮޑެތި ކަންބޮޑުވުންތަކެއް ހުރުމުގެ ސަބަބުން، މި ސަރުކާރުން އެކަމަށް ޚާއްސަ ކޮމިޓީއެއް އެކުލަވާލާ މި މަސައްކަތް ކުރިއަށްގެންދިޔަގޮތް ވަނީ ބަލާފައެވެ. ކޮމިޓީއިން ނެރުނު ލިސްޓުގައި ގިނަ ބަޔަކު ޝަރުތު ހަމަނުވާކަމަށް ފެންނާތީ، އެ ފަރާތްތަކަށް ޖަވާބުދާރީވެ ޝަކުވާ ހުށައެޅުމަށް ވަނީ ފުރުޞަތު ދީފައެވެ. ސަރުކާރުން މިހާރު ރިވިއުކުރަމުންދަނީ، އެ ލިސްޓަށް ލިބިނު ޝަކުވާތަކެވެ.
މި ލިޔުން ކިޔާލުމުން