އާދިއްތަ, November 15
އެމްއެންޑީއެފްގެ އަސްކަރީ ތަމްރީންތަކެއް މާދަމާއިން ފެށިގެން ގިރިފުށީގައި

ކ. ގިރިފުށީގައި ސިފައިންގެ އަސްކަރީ ތަމްރީނުތަކެއް ކުރިއަށްގެންދަން ނިންމައިފިއެވެ.

ދިފާޢީ ވުޒާރާއިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް 2025 ޖުލައި 15، 16، 17، 20 އަދި 21 އަށް، ކޮންމެ ދުވަހެއްގެ 18:30 އިން 23:59 އަށް، ކ. ގިރިފުށީގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ތަމްރީނުތަކުގައި ސިފައިން ހަތިޔާރާއެކު ޙަރަކާތްތެރިވާނެއެވެ.

ދިފާޢީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ކ. ގިރިފުށީގެ ހުޅަނގު ދެކުނަށް 5400 މީޓަރ ދުރުމިނަށެވެ. އަދި ވަޒަން ދަތުރުކުރާނެ އުސްމިނަކީ 200 މީޓަރެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު