Saturday, October 31
އޮޅުހިޔާގެ ޝެލްޓަރ ބައި ހިންގާނެ ބަޔަކު ހޯދަން އިއުލާންކޮށްފި

ހުޅުމާލޭ ފޭސް 2 ގައި މިނިސްޓްރީން ގާއިމުކޮށްފައިވާ އެނިމަލް ކެއަރ ފެސިލިޓީ (އޮޅުހިޔާ) ގެ ޝެލްޓަރ ބައި 1 (އެކެއް) އަހަރު ދުވަހަށް، ހިންގާނެ ބަޔަކު ހޯދަން ދެވަނަފަހަރަށް އިއުލާންކޮށްފިއެވެ.

މިނިސްޓްރީން ވަނީ މީގެ ކުރިން އެ މިނިސްޓްރީން ކުރި އިޢުލާނު ބާޠިލުކޮށް، މި މަސައްކަތަށް ޕްރޮޕޯސަލް ހުށަހެޅުމަށް އަލުން ފުރުޞަތު ހުޅުވާލާފައެވެ

މިމަސައްކަތުގެމައުލޫމާތު ހޯދުމަށް ދީފައިވަނީ މިމަހުގެ 16 ވަނަ ދުވަހުގެ އެއްގަޑި ތިރީހެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު ދީފައިވަނީ މިމަހުގެ 22 ވަނަ ދުވަހުގެ އެއްގަޑި ތިރީހަށެވެ.

ޒަމާނީ ފެންވަރަށް ޤާއިމުކޮށްފައިވާ ޕެޓް ކެއަރ ފެސިލިޓީ ނުވަތަ "އޮޅު ހިޔާ" ތަރައްޤީކުރީ ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން، މާލެސިޓީ ކައުންސިލާ ޙަވާލުކޮށްގެންނެވެ. ނަމަވެސް ދެފަރާތުގެ ދެމެދުގައި އެއްބަސްވެފައިވާގޮތަށް މާލެ ސިޓީ ކައުންސިލުން ކަންކަން ކުރިއަށް ނުގެންދާކަމަށް ވިދާޅުވެ، އެ ފެސިލިޓީ އަނބުރާ ވުޒާރާއާ ޙަވާލުކުރުމަށް މާލެ ސިޓީ ކައުންސިލަށް އަނގީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އަދި މި އަހަރުގެ ފެބްރުއަރީ މަހުވަނީ އޮޅުހިޔާ ވުޒާރާއާ ހަވާލުކޮށްފައެވެ.

އަި މިހާރު އޮޅުހިޔާގައި 30 ބުޅާ ވަނީ ގެންދެވިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު