މިދިޔަ މަހު ބޭސްފަރުވާގެ ޚަރަދުކުރުމަށް ދަތިވާ ފަރާތްތަކަށް ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމް މެދުވެރިކޮށް ރާއްޖެއިން ބޭރުން ފަރުވާ ކުރުމަށް 8.1 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމުގައި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ހާމަކޮށްފިއެވެ.
އެންސްޕާއިން މިއަދު އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވި ޖޫން މަހު އެ އެޖެންސީން ވަނީ ބޭސްފަރުވާ އެހީގެ ގޮތުގައި ޖުމުލަ 25،811،205.43ރ. ދޫކޮށްފައެވެ. މީގެ ތެރެއިން 17،710،575.57ރ. ދޫކުރި ރާއްޖެއިން ފަރުވާކުރުމަށް ކަމަށްވާއިރު، 8،100،629.86ރ. ދޫކޮށްފައިވަނީ ރާއްޖެއިން ބޭރުން ފަރުވާ ކުރުމަށެވެ.
މީގެ އިތުރުން މިދިޔަ މަހު ބޭސްފަރުވާ އެހީ އެންމެ ގިނައިން ދީފައިވަނީ ނޭވާލާ ނިޒާމުގެ ބަލިތަކަށެވެ. މިގޮތުން އެ ބައްޔަށް 112 ފަރާތަކަށް އެހީ ދޫކޮށްފައިވާއިރު، ދެވަނައަށް އެންމެ ގިނައިން އެހީ ދޫކުރީ މައިބަދަ/ނާރުގެ ބަލިތަކަށް ފަރުވާ ކުރުމަށް 111 ފަރާތަކަށެވެ.
ޖޫން 2025 ގައި ބޭސްފަރުވާގެ ޚަރަދު ކުރުމަށް ދަތިވާ ފަރާތްތަކަށް ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމް މެދުވެރިކޮށް އެހީ ހަމަޖައްސާދެވުނު ބަލީގެ ތަފްސީލް
ޖޫން 2025 pic.twitter.com/ZNGNo65pqm— NSPA (@NSPAmaldives) July 14, 2025
އަދި ކަށީގެ ބަލިތަކަށް 104 ފަރާތަކަށް އެހީ ދުކޮށްފައިވާއިރު، ވިހެއުމާގުޅޭ މައްސަލަތަކަށް 99 ފަރާތަކަށް އަދި ކެންސަރު ބަލީގެ ފަރުވާއަށް 99 ފަރާތަކަށް މިދިޔަ މަހު އެހީ ދީފައިވެއެވެ.
މިދިޔަ މަހު އެންމެ މަދުން އެހީ ދޫކޮށްފައިވަނީ ތެލަސީމިއާ ބައްޔަށެވެ. މިގޮތުން ތަލސީމިއާ ބައްޔަށް މިދިޔަ މަހު އެހީ ދީފައިވަނީ 10 ފަރާތަކަށެވެ.
މި ލިޔުން ކިޔާލުމުން